








ރާއްޖޭގެ އެކިހިސާބުތަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން، ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވުން އެދެވިގެންވެއެވެ.
ފުރަ (24 އޮގަސްޓުން 6 ސެޕްޓެންބަރަށް)
މިއީ ހުޅަނގު މޫސުމުގެ އެގާރަވަނަ ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ. ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އިތުރުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ މިންވަރު އުޅޭނީ އެވްރެޖްކޮށް 1.89 އިންޗީގައެވެ. އެވްރެޖްކޮށް 107.8 ގަޑިއިރު މި ނަކަތުގައި އަވިދޭނެއެވެ. މަސްވެރިކަން އާދައިގެ ގޮތެއްގައި ރަނގަޅުވާނެއެވެ. ޢާންމުގޮތެއްގައި މަސްއައިންތައް ފެންނާނީ އަތޮޅުތަކާ ދުރުން މާކަނޑުންނެވެ.




