






.jpeg?w=3840&q=75)

ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން، ވަނީ، ޝަރުތު ފުރިހަމަވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ދައުވަތުދީފައެވެ. ގެޒެޓްކޮށްފައިވާ އިއުލާނެއްގެ ޒަރިއްޔާއިން ކުޑަހުވަދޫ ފަޅުގެ އިތުރުން، ގއ. އަތޮޅުގެ 4 ރަށަކާއި ގދ. އަތޮޅުގެ ރަށެއްގައި އިންޓަގްރޭޓެޓް ޓޫރިސްޓް ރިސޯޓް ތަރައްްޤީކޮށް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ވަނީ ހުޅުވާލާފައެވެ.
ކުޑަހުވަދޫ ފަޅަކީ 200 ހެކްޓަރުގެ ފަޅެއް ކަމަށާއި 164.3 ހެކްޓަރުގެ ތިލަ ސަރަހައްދެއްވެސް ހިމެނޭ ކަމަށް އިޢުލާންގައިވެއެވެ.
ސަރުކާރުން ކުޑަހުވަދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރަން އިއުލާން މިކުރީ އެ ރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ނެތި ކަމަށް ބުނެ ބައެއް އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދ. ކުޑަހުވަދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 7 ރަށުގެތެރެއިން އެއް ރަށެވެ.




