
6F7E0FEF-9645-4F76-B1DA-861326762F67
2800 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭލެވެލް އިމްތިޙާނު މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ އޮކްޓޯބަރ/ ނޮވެމްބަރ އިމްތިޙާނުގައި ރާއްޖޭގެ 40 މަރުކަޒަކުން ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ. އެގޮތުން އޭލެވެލް އިމްތިޙާނުގައި ޖުމްލަ 2849 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މީގެތެރެއިން 2785 ދަރިވަރުން އެޑެކްސެލް އޭލެވެލްގެ މާއްދާތަކުން އިމްތިޙާނުގައި އިށީނުމަށް ހަމަޖެހިފައިވާއިރު 1299 ދަރިވަރުން އެޗްއެސްސީ އިމްތިޙާނުގައި އިށީނުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރުގެ އޭލެވެލް އަދި މަތީ ސާނަވީ އިމްތިޙާނު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީގެކުރިން މެއި،ޖޫންގައި ބާއްވަމުން އައި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ތާވަލަށް ބަދަލުގެނެސް، އެއިދާރާއިންވަނީ އޭޕްރީލްމަހަށް ބަދަލުކޮށްފައެވެ. މިއާއެކު ވަގުތު ކުޑަތަންވެފައިވުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީންވަނީ މެއި،ޖޫންގައި އެޑެކްސެލް އިމްތިޙާނުގައި ބައިވެރިވުމަށް އޭރު ހުށައަޅާފައިވާ ދަރިވަރުންނަށް ނަން އަނބުރާ ނެގުމަށްފަހު އޮކްޓޯބަރ ނޮވެމްބަރުގައި ކުރިއަށްދާ އެޑެކްސެލް އިމްތިޙާނުގައި އެކުއްޖެއްގެ ސްކޫލުން ބައިވެރިވެވޭނެ އިންތިޒާމު އޭރުވަނީ ހަމަޖައްސާފައެވެ.










%20(1).jpeg?w=3840&q=75)

