







ހުޅުމާލެ ރަށު މާރުކޭޓް- ފޮޓޯ: ދައުރު
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރަން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ރަށުމާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ 9 ގޮޅި ކަމަށެވެ.
މާރުކޭޓު ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތްތަށް ކަނޑައެޅިގެންދާނީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންކަމަށް އެޗްޑީސީން ބުންޏެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ 15:30 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ލިންކް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ފުރާލުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ މި ގޮޅި އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދަ ގުރުއަތުނެގުން އޮންނާނީ މި އަންނަ މަހުގެ 18 ވަނަ ދުވަހު 13:00 ގައި އެޗްޑީސީގެ އޮފީސް އިމާރާތުގެ ހުނގުން، އެޗްޑީސީ އިމާރާތާއި ފްލެޓް 12 އާއި ދެމެދުގައިވާ ހުސްބިމުގައި ގާއިމްކޮށްފައިވާ ޓެންޓްގައި ކަމަށެވެ.
އެޕްލިކޭޝަން ހުށަހެޅުމާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ވެބްސައިޓް އަދި މި ލިންކް ގައި ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހުން ލިބޭނެކަަމަށް އެޗްޑީސީން ބުންޏެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތައް އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅުއްވައިގެންވެސް މައުލޫމާތު ސާފުކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.






.jpeg?w=3840&q=75)

