
.jpg?w=3840&q=75)



.jpg?w=3840&q=75)



ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވާ، ތޫނުފިލިކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ މިހެން އެދިވަޑައިގެންނެވީ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ކުދިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.
އެ ޕޯސްޓުގައި މިއަދު ފަށާ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން، ވަނީ މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވާ، ތޫނުފިލިކަން އިތުރުކުރައްވާ ޖަވާބުދިނުން ފަސޭހަކޮށްދެއްވުން އެދިވަޑައިގަންނަވާފައެވެ. އަދި އިމްތިޙާނުގައި ބައިވެރިވާ ކޮންމެ ކުއްޖެއްގެ ކިބައިންވެސް ޤައުމުކުރަނީ ވަރަށް ފޮނު އުއްމީދުތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން ކުދިންގެ ބެލެނިވެރިންނާ މުދައްރިސުން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ހޯދާ އުޖާލާ މުސްތަޤުބަލަކަށް މަގުފަހިކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިޙާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ.

.jpg?w=3840&q=75)






