
.jpeg?w=3840&q=75)







ޝާހްރުކްގެ އުފަންދުވަސް ކަމަށްވާ ނޮވެމްބަރު 2 ގައި އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" ގެ ވަރުގަދަ ޓީޒާއެއް ނެރުމަށް ދަނީ ތައްޔާރުވަމުން
ޝާހްރުކް ޚާންގެ ފޭނުންނަށް މިއަހަރުގެ އޭނާގެ އުފަންދުވަސް ވެގެންދާނީ ވަރަށް ޚާއްޞަ އަދި އުފާވެރި ދުވަހަކަށެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ޝާހްރުކްގެ އުފަންދުވަހާ ދިމާކޮށް، އޭނާގެ ކުރިއަށް އޮތް އެންމެ ބޮޑު އެކްޝަން ފިލްމު "ކިންގް" ގެ ފުރަތަމަ ޓީޒާ އާންމުކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ކާމިޔާބު ޑައިރެކްޓަރ ސިދާރްތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގެ ޓީޒާ ވެގެންދާނީ ފޭނުންނަށް ލިބޭނެ "ކިންގް-ސައިޒް" ގެ ވަރުގަދަ ހަދިޔާއަކަށެވެ.
"ޕަތާން" އިން ލިބުނު ބޮޑު ކާމިޔާބީއަށްފަހު، ސިދާރްތު އާއި ޝާހްރުކް އަނެއްކާވެސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ޕްރޮޖެކްޓެކެވެ.
މި ފިލްމުގައި ޝާހްރުކް ޚާން ފެނިގެންދާނީ މީގެ ކުރިން ނުފެންނަ ފަދަ ވަރުގަދަ އަދި ތަފާތު ރޯލަކުން ކަމަށް ބެލެވެއެވެ.
އެހެންކަމުން ނޮވެމްބަރު 2 ވަނަ ދުވަހު ނެރޭ ޓީޒާއިން ފިލްމުގެ މުހިންމު ތަރިންނާއި، ފިލްމުގެ ވައިބް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

.jpeg?w=3840&q=75)


