
capture-4
ކ. ގުރައިދޫ ކައުންސިލްގެ ފޭސްބުކް ފޭޖް ހެކް ކޮށްފިއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސެން ޔަމީން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ ފޭސްބުކް ޕޭޖް ބަޔަކު ހެކް ކޮށްފައިވާ ކަމަށެވެ. އަދި ފޭޖް ރިކަވަރ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކ.ގުރައިދޫ ކައުންސިލް ފޭސްބުކް ޕޭޖް ބަޔަކު ވަނީ ހެކްކޮށްފަ! މިވަގުތު ޕޭޖުން ފޮނުވާ މެސެޖްތަކާއި، ލިންކްތަކަށް ނުވެންނެވުން އެދެން!ޕޭޖް ރިކަވަރ ކުރުމުގެ މަސައްކަތް ކައުންސިލުން މިގެންދަނީ ކުރަމުން!
— Hussain Yameen Mohamed (@YmnHucen) October 2, 2022
ގުރައިދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކް ކޮށްފައިވާއިރު، މީގެ ކުރިން ބައެއް އެހެން ކައުންސިލްތަކުގެ ފޭސްބުކް ޕޭޖުތައްވެސް ހެކް ކޮށްފައި ވެއެވެ.












