








FQTPcInagAA2wcB
ކ. ގުރައިދޫ ކުނިގޮނޑުގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ކ. ގުރައިދޫ ކުނިގޮނޑުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށާއި މި ހާދިސާގެ ރިޕޯޓް އެފްއާރުއެސްއަށް ލިބިފައިވަނީ މިއަދު 12:40 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، ގުރައިދޫ ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިއަދު 14:50 ހާއިރު ވަނީ ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.




