








މޫސުން
ހުޅަނގު މޫސުމުގެ "ފުރަ" ފެށިއްޖެއެވެ.
މިއީ ހުޅަނގު މޫސުމުގެ އެގާރަވަނަ ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ.
ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އިތުރުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ މިންވަރު އުޅޭނީ އެވްރެޖްކޮށް 1.89 އިންޗީގައެވެ. އެވްރެޖްކޮށް 107.8 ގަޑިއިރު މި ނަކަތުގައި އަވިދޭނެއެވެ.
މަސްވެރިކަން އާދައިގެ ގޮތެއްގައި ރަނގަޅުވާނެއެވެ. ޢާންމުގޮތެއްގައި މަސްއައިންތައް ފެންނާނީ އަތޮޅުތަކާ ދުރުން މާކަނޑުންނެވެ.
ކުރިއަށް ދެން އޮތީ "އުތުރަ"އެވެ. މިއީ ހުޅަނގު މޫސުމުގެ ބާރަވަނަ ނަކަތެވެ. އިހުގެ ޢާންމު ބަހުރުވައިންނަމަ މި ނަކަތުގައި ހަޅަޖަހާނެއެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެއެވެ.
ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. ވައިޖެހޭނީ ހުޅަނގު އުތުރުންނެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ 4.59 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 90.7 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން އާދައިގެ ގޮތަކަށް ރަނގަޅުވާނެއެވެ.




