
breaking ބްރޭކިންގް
ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮތް އަންހެން ފަތުރުވެރިއެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކ. ގުރައިދޫ ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު އިއްޔެ އިރުއޮއްސި 6:47 ގައި ފުލުހުންނަށް ލިބުނު ކަމަށެވެ. އެމައުލާމާތާއި ގުޅިގެން ފުލުހުން ގޮސް ބެލިއިރު، މަރުވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މަރުވެފައި އޮތްވާ ފެނިފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އަންހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


.jpg?w=3840&q=75)




.jpg?w=3840&q=75)




