


%20(3).jpeg?w=3840&q=75)



.jpg?w=3840&q=75)
HFA
ޒުވާނުންނަށް ފުޓްބޯޅައިގެ ތަމްރީންތައް ފޯރުކޮށްދެމުން އަންނަ ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީގެ ފަރިތަކުރުންތައް މިމަހު 16ގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީގެ ރައީސް އިސްމައިލް ވިދާޅުވީ، އެ ކުލަބުގެ ހަރަކާތްތައް މެދުކަނޑާލަން ޖެހުނީ ކޮވިޑް-19އާ ގުޅިގެން އެ ކުލަބުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ކޯޗުންގެ ދަތިކަންވެސް ކުރިމަތި ވުމާއެކުގައެވެ.
އެކަޑަމީގެ ތަމްރީނުތަކުގައި ހަރަކާތްތެރިވާ ކޯޗުންގެ ފެންވަރު މަތިކުރުމަށާއި، ކޯޗުންގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން އެކަޑަމީން ވަނީ އެފްއޭއެމް އާއި ހޯނޑެއްދޫ ކައުންސިލް އަދި ހޯނޑެއްދޫ ކޮމިއުނިޓީ ސެންޓަރާ ގުޅިގެން "އޭއެފްސީ/އެފްއޭއެމް ސީ ސެޓިފިކެޓް ކޯހެއް މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާފައެވެ.
އެކަޑަމީގެ ރައީސް ވިދާޅުވީ، އެ ކޯޗިންގ ކޯހުގެ ސަބަބުން އެކަޑަމީގައި ހަރަކާތްތެރިވާ ކޯޗުންނާއި އަދި އިތުރު ކޯޗުންތަކެއްވެސް މުޅި އަތޮޅުން ތަމްރީންކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކަޑަމީ ހިންގުމަށް މީގެ ކުރިން ދިމާވި ކޯޗުންގެ ދަތިކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އެކަޑަމީގެ ރައީސް ވިދާޅުވި އެވެ.
އެކަޑަމީގެ ފަރިތަކުރުންތައް އަލުން ފެށިގެން ދާއިރު ކޮންމެ ހަފްތާއަކުވެސް ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންދެވޭނެ އެވެ. އަދި އެކަޑަމީގެ އެލީޓް ޓީމަށް ޓެކްޓިކަލް ސެޝަންތަކެއްވެސް ކުރިއަށް ގެންދެވޭނެ ކަމަށް އެކުލަބުން މައުލޫމާތު ދެއެވެ.
ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީއަކީ 5-18 އަހަރާ ދެމެދުގެ ކުދިންނަށް ފުޓްބޯލް ތަމްރީންތައް ހޯދައިދިނުމަށް 2021ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެކަޑަމީއެކެވެ.



%20(3).jpeg?w=3840&q=75)
