



%20(3).jpeg?w=3840&q=75)



photo_2021-12-14_12-18-39
ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީ (އެޗްއެފްއޭ) ގެ ކުދިންނަށް ސެޝަންތަކެއް ނަގައިދިނުމަށް ޤައުމީ ޒުވާން ޓީމުގެ އެސިސްޓަންޓް ކޯޗު މުޙައްމަދު ޝާހިދު (ޝާޑު) ހަރަކާތްތެރިވެއްޖެ އެވެ.
މި ޑިސެމްބަރު މަހުގެ 5 އިން 14 ޑިސެމްބަރ 2021 އަށް ހޯނޑެއްދޫ ފުޓްބޯޅަ އެކަޑަމީ ގެ ސެޝަންތައް ނަގައިދިނުމުގަ ޝާޑު ވަނީ އެހީތެރިކަން ފޯރުކޮށްދީ ބައެއް ސެޝަންތައް ނަގައިދީފައެވެ. އަދި އެކަޑަމީގެ ޕްރެކްޓިސް ޝެޝަންތައް ކުރިއަށްދާ ގޮތް އޮބްޒާވް ކޮށް ދެމެހެއްޓެނިވި ގޮތުގައި ހޯނޑެއްދޫ ފުޓްބޯޅަ އެކަޑަމީ ކުރިއަށް ގެންދިއުމަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން އެ އެކަޑަމީއާއެކު އޭނާ ވަނީ މަޝްވަރާކޮށްފަ އެވެ.
އެކަޑަމީގެ ޔޫތު ޑިވިލޮޕްމަންޓް ފޭސް ގައި ހިމެނޭ ކުދިން( 11 އަހަރާ 18) އަހަރާ ދެމެދުގެ ކުދިންނަކީ މުސްތަގުބަލުގައި ހޯނޑެއްދޫ ތަމްސީލް ކުރާނެ ކުދިން ކަމަށް ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީއިން ބުނެއެވެ. އެކަޑަމީގެ ފިލޯސަފީ އަކީ ޔޫތު ޑިވިލޮޕްމަންޓް ފޭސް ގައި ހިމެނޭ ކުދިންނަށް ޕްރޮފެޝަނަލް އެޓޭކިންބޭސް ފުޓްބޯޅަ ކުޅެން ދަސްކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން ކަމަށް އެ އެކަޑަމީން ބުނެއެވެ. އެފަދަ ކަންތައް ހާސިލްކުރުމަށް ތަހުރިބާކާރު ކޯޗުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ވާކަމުގައި އެ އެކަޑަމީން ފަހަގަކުރެ އެވެ.
2015 ވަނަ އަހަރު ރާއްޖޭގެ 16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ޝާޑު އަކީ، 2016 ވަނަ އަހަރުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރެއްވި ކޯޗެކެވެ. އަދި މީގެ އިތުރުން 2017 ވަނަ އަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ޝާޑު ހަރަކާތްތެރިވެފައިވެއެވެ. ޝާޑު އަކީ މިހާރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ.




%20(3).jpeg?w=3840&q=75)