



%20(3).jpeg?w=3840&q=75)



photo_2021-10-21_12-06-18
ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީ (އެޗްއެފްއޭ) ކުދިންގެ ތަމްރީނުތަކަށް ބޭނުންވާ ނައިން އަސައިޑް ގޯލް ތައްޔާރުކޮށްފިއެވެ.
އެޗްއެފްއޭގެ ރައީސް އިސްމައިލް ޒާހިރު ވިދާޅުވީ، ނައިންއަސައިޑް ގޯލް ތައްޔާރުކުރުމުގެ ބޭނުމަކީ، ޒުވާނުން މުބާރާތްތަކަށް ފަފިތަކުރުންތައް ކުރިއަށް ގެންދިއުމަށާ އަދި ޚާއްސަކޮށް އެކަޑަމީގެ 18 އަހަރުން ދަށުގެ ކުދިންނަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިގޯލް ތައްޔާރުކުރުމަށް ހޯނޑެއްދޫ ކައުންސިލްގެ އެހީތެރިކަން ލިބިފައިވާކަމަށް އިސްމައިލް ފާހަގަކުރެއްވިއެވެ.
ހޯނޑެއްދޫ ފުޓްބޯޅަ އެކަޑަމީން ތަމްރީން ކުރަމުންއަންނަ 18 އަހަރުން ދަށުގެ ޓީމް ވެގެންދާނީ އެފް.އޭ.އެމް. 2023 ގެ ލީގުގައި ހޯނޑެއްދޫ ތަމްސީލުކުރާ ޓީމު ކަމަށް އެކަޑަމީގެ ރައީސް އިސްމައިލް ވިދާޅުވިއެވެ. އެކަމަށްޓަކައި އެކަޑަމީގެ ފަރާތުން މުބާރާތުގައި ވާދަކުރާނެ ޓީމެއް އުފެއްދުމަށް ދަނީ މަސައްކަތް ކުރެވެމުންދާކަމަށްވެސް އިސްމައިލް ފާހަގަކުރެއްވިއެވެ.
ހޯނޑެއްދޫ އަކީ ގައުމީ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން އުފެދިފައިވާ އަދި މިހާރުވެސް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އުފެދެމުން އަންނަ ރަށެއްކަން ފާހަގަކުރަމުން އިސްމައިލް ވިދާޅުވީ، އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑު ފުޓްބޯޅަ މުބާރާތްތައް އަތޮޅު ފެންވަރުގައި ބޭއްވޭލެއް މަދުވުމެވެެ. މިފަދަ މުބާރާތްތައް ގދ. ގައި ބާއްވަމުން އަންނަނީ ގދ.ތިނަދޫ އިން ކަން ފާހަގަކޮށް އިސްމައިލް ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި ގދ. ރަށްތަކުގެ ޓީމުތަކަށް ބައިވެރިވެވޭނެ ގޮތަށް މުބާރާތެއް އިންތިޒާމް ކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ.
އެކަޑަމީ ހިންގުމަށްޓަކައި ހޯނޑެއްދޫ ކައުންސިލުންދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ހޯނޑެއްދޫ ކައުންސިލްގެ ރައީސް ޙުސައިން ވާރިޝް އާއި ކައުންސިލްގެ ހުރިހާ މެންބަރުންނަށް އެކަޑަމީގެ ފަރާތުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.




%20(3).jpeg?w=3840&q=75)