
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


-
ނ. ޅޮހީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
މި އައު ޖެންސެޓް ގެންދިއުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 860 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދިޔަ މި ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާއެކު، ޅޮހީގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 1،260 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.
މިއީ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.
މި ބަދަލާއެކު އެ ރަށުގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް އެކަށޭނަ ހައްލެއް ލިބިގެންދާނެއެވެ.

%20(1).jpeg?w=3840&q=75)






