








Havaru NGO - Event Managing Partner
ގދ ތިނަދޫގައި ބާއްވާ ވެލިގާ ރޯޑްޝޯގެ މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސައިފި އެވެ.
ވެލިގާ ތިނަދޫ ރޯޑްޝޯގެ މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސައި އެކަމާއި ގުޅޭ އެއްބަސްވުމުގައި ވަނީ އިއްޔެ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވެލިގާ ހާޑްވެއާގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިރުފާއު އަބްދުﷲ އެވެ. އަދި ގާފު އޮންލައިންގެ ފަރާތުން ސޮއިކުރީ ގާފު އޮންލައިންގެ އެސިސްޓެންޓް އެޑިޓަރ ސަދޫފް މޫސާއެވެ.
މި އެއްބަސްވުމާއި އެކު ވެލިގާ ތިނަދޫ ރޯޑްޝޯއާއި ގުޅޭ އެންމެ ފަހުގެ ހަބަރުތަށް އެންމެ ތާޒާ ކަމާއި އެކު ގާފު އޮންލައިނުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޮންލައިން މީޑިއާ ޕާޓްނަރުގެ އިތުރުން މި ރޯޑްޝޯގެ ފޮޓޯ އަދި ވީޑިއޯ ޕާޓްނަރަކަށް ގާފު އޮންލައިންގެ މައި ކުންފުނި ، ގާފު މީޑިއާ ގްރޫޕް ވަނީ ހަމަޖައްސާފައެވެ.
ރޯޑްޝޯ އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ގދ ތިނަދޫ ފެރީ ޓާމިނަލް ސަރަހައްދުގައެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ރޯޑްޝޯގައި ވެލިގާ ހާޑްވެރއާއި ބްލެންކް ބައި ވެލިގާގެ ބައެއް ޕްރޮޑަކްޓްތަށް ޝޯކޭސް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ޕްރޮޑަކްޓްތަކާއި ގުޅޭ އެންމެ ތަފްސީލީ މައުލޫމާތު ދިނުމަށް ވެލިގާގެ މުވައްޒަފުން މި ރޯޑްޝޯގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރޯޑްޝޯތަށް ކުރިޔަށް ދާނީ ދެ ކޮމްޕޮނެންޓެއްގެ ގޮތުގައި އެވެ. އެގޮތުން ވެލިގާގެ ޓީމުން ތިނަދޫއާއި ހުވަދު އަތޮޅުގެ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނާއި ވަކިން ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ދެވަނަ ކޮމްޕޮނެންޓެއްގެ ގޮތުގައި ކުރިޔަށް ދާނީ ފެރީ ޓާމިނަލް ސަރަހައްދުގައި ކަސްޓަމަރުންނާއި އެކު ކުރިޔަށް ދާ ހަރަކާތެވެ.




