








-
ދިވެހިންގެ މެދުގައި އިޙުތިރާމް އަދާކުރުމުގެ ރީތި އާދަ އަށަގެންނެވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަންނަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙު ކުރަން ތައްޔާރުވެއްޖެ އެވެ.
މި ޤައުމީ މަޝްރޫޢު އިފްތިތާޙު ކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މާލޭގެ މާފަންނު ޓްރެކް ދަނޑުގައެވެ.
ދިވެހިންގެ މުޖުތަމަޢުން ފަނޑުވަމުންދާ ރީތި އަޚްލާޤީ އާދައެއް ކަމަށްވާ އިޙްތިރާމް ކުރުމުގެ ސިފަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަން އިޢުލާން ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. މިފަދަ ކެމްޕެއިނެއް ސަރުކާރުން ފަށަން ނިންމީ ދިވެހީންގެ ޤައުމީ ވަންތަކަމާއި އައިޑެންޓިޓީ ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ.
މި މަޝްރޫޢުގައި ބައިވެރިވާ މީޑިއާތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ކުދިބޮޑު އެންމެހައި ރައްޔިތުންނާއި ތަފާތު އެކި ދާއިރާތަކުގެ ފަންނުވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ވަރަށް ތަފާތު ޙަރަކާތަކަށެވެ. އަދި މިއީ އެންމެންގެ އެއްބާރުލުމާއެކު މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ރަސްމީ ލޯގޯގެ އިތުރުން ޚާއްޞަ ލަވަވެސް އިފްތިތާޙު ކުރާނެއެވެ. އަދި މި ކުލަގަދަ ރަސްމިއްޔާތުގެ ޚާއްޞަ ކަވަރޭޖެއް މީޑިއާތަކުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.






.jpeg?w=3840&q=75)

-1791113559823.jpeg?w=3840&q=75)