
2021-06-20T113516Z2067959304RC214O9WKQPQRTRMADP3SOUTHASIA-FLOODSJPG
ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ނޭޕާލާއި އިންޑިއާގައި 50 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ހުޅަނގު ނޭޕާލްގައި މިދިޔަ ހުކުރު ދުވަހު ބޯކޮށް ވާރޭވެހި ބިންގަނޑު ކަޑައިގެން ދިއުމުގެ ސަބަބުން 100 އަށްވުރެ ގިނަ ގެ ވަޅުލެވިފައިވާ ކަމަށާއި، ގާތްގަނޑަކަށް 22 މީހަކު މަރުވެފައިވާ ކަމަށް ނޭޕާލުގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ނާރަޔަން ޑަންގީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވެއެވެ.
މިހާދިސާގައި 11 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ތިން މީހަކުވަނީ އަސްކަރިއްޔާގެ ހެލިކޮޕްޓަރުން ވައިގެ މަގުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.
ފުލުހުންނާއި އަސްކަރިއްޔާއިން ވަނީ، ކާބޯތަކެއްޗާއި، ޓެންޓްތަކާއި، ފޭރާން ބެހުމުގެ ބޮޑު ރިލީފް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްގެ ބޯޑަރު ސަރަހައްދަށް ހުކުރު ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 26 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މި ހާދިސާތަކުގައި މަރުވި މީހުންގެ ތެރޭގައި އެ ސްޓޭޓުގެ ވެރިރަށް ލަކްނޯގައި ހަދަމުންދިޔަ އިމާރާތެއް ވެއްޓުނު ހާދިސާގައި މަރުވި ނުވަ މަސައްކަތްތެރިން ވެސް ހިމެނޭ ކަމަށް ސަރުކާރުގެ ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.



%20(3).jpeg?w=3840&q=75)




%20(3).jpeg?w=3840&q=75)


