



%20(3).jpeg?w=3840&q=75)



345568_3_17daaac476805c8b9adf753396c4cad338a1fab1_large
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ.ހަނިމާދޫ އަށް ތައާރަފުކޮށްފި އެވެ.
އުރީދޫން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ހަނިމާދޫން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ. އަދި ސުޕަރނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއްމަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.
"ފައިބާ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތާ އެކު މި ވަގުތު މާކެޓްގައި ހުރި އެންމެ ފުރިހަމަ ޕްލޭންތައް،" އޭނާ ވިދާޅުވި އެވެ.
އުރީދޫން ވަނީ ސުޕަނެޓް ޕެކޭޖުތަކަށް ވަރަށް ފަހުން ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެ ބަދަލުގެ ސަބަބުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ލިބޭނެ އެވެ.




%20(3).jpeg?w=3840&q=75)