








ބޮޑުތަކުރުފާނު މަގު ތަރައްގީކުރާ ސަރަހައްދު- ފޮޓޯ: ގާފު
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އާންމު ދަތުރުފަތުރަށް ބަންދުކުރާނެކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް މިރޭ އިން ފެށިގެން ބަންދުކުރާނެ ކަމަށެވެ.
ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތްތައް މިއަދު މެންދަމު 00:00 އިން ފެށިގެން މި ސަރަހައްދު އެއްކޮށް ބަންދުކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ބަންދުވާ ސަރަހައްދު އަންގައިދޭ ޗާޓެއްވެސް އާންމުކޮށްފަ އެވެ.
HU-5g8GbMAAjzaw.jfif
ފުލުހުން ވަނީ މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މަތީގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން ނެގުމަށް އަންގާފަ އެވެ.މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފަ އެވެ. އަދި މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައިވެސް ފުލުހުން ވަނީ މާފަށް އެދިފަ އެވެ.




