



%20(3).jpeg?w=3840&q=75)



budhu-pukg01f7deep1rioch9c797jnyg5omrrwpptxlcb5c
ހދ. ހަނިމާދޫ ގޮނޑުދޮށަށް ވެސް ލަކުޑިން ހަދާފައިވާ ބުދެއް ލައްގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަނިމާދޫއަށް ލެއްގި ބުދު ފެނިފައިވަނީ އެރަށު ބަނދަރު ސަރަހައްދުން ރޭގެ ވަގުތެއްގައެވެ. އެބުދުގެ ދިގުމިނުގައި ގާތްގަނޑަކަށް ތިން ފޫޓު ހުރި ކަމަށް ބެލެވެއެވެ.
ހަނިމާދޫއަށް ލެއްގި ބުދުގެ ފޮޓޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯތަކުން ފެނިގެން ދަނީ ލަކުނޑު ގަނޑުގައި މީހެއްގެ މޫނާއި ދެ އަތް ހުރަސްކޮށްގެން ހުންނަ މަންޒަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދު ފެނުމާއި ގުޅިގެން އެ ބުދު ވަނީ ހަނިމާދޫ ފުލުހުންގެ އިދާރާއަށް ގެންގޮސްފައެވެ.
މިމަހުގެ ހަވަނަ ދުވަހު އިހަވަންދޫން ވެސް ވަނީ ހަމަ ލަކުޑިން ހަދާފައިވާ ބުދެއް ލައްގާފައެވެ. އެބުދުގައި ވެސް މޫނާއި އަތާއި ދެފައި ފާހަގަވާހެން ކަނޑާ ނަގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ލަކުޑިން ހަދާފައިވާ ބުދުތައް ލައްގަމުން އަންނާތީ ގިނަ ރައްޔިތުން ވެސް އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.




%20(3).jpeg?w=3840&q=75)