








ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 ފަސިންޖަރުން ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގެންފައިވަނީ ޖުމްލަ 1183.8 ގްރާމް (142 ބުލެޓް) ގެ މަސްތުވާތަކެތި ކަމަށެވެ.
ކަސްޓަމްސްއިން ބުނީ މި މަސްތުވާތަކެތީގެ ތެރެއިން 51.6 ގްރާމް މޯފިން އާއި 424 ގްރާމް ކޮކެއިން އަދި 708.2 ގްރާމް ހެރޮއިން ކަމަށެވެ. އަދި މިތަކެތި ސެޕްޓެންބަރު 25 ވަނަ ދުވަހު އަތުލައިގެންފައިވަނީ ތައިލެންޑުން ރާއްޖެއައި ނޭޕާލްގެ 2 ފަސިންޖަރުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި ތަކެތި ފެނިފައިވަނީ އެ 2 މީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، ކަސްޓަމްސްގެ އޮފިސަރުން އެ ފަސިންޖަރުންނާ ސުވާލުކޮށް އިތުރަށް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.




