






%20(3).jpeg?w=3840&q=75)

viber_image_2022-09-04_14-05-47-501
އިޖުތިމާއީ ޒިންމާގެ ދަށުން އެމްޓީސީސީން ހދ. ހަނިމާދޫގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލް ހާމަކޮށްފި އެވެ.
އެމްޓީސީސީން ބުނީ، އެކުންފުނީ ގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަނިމާދޫ ޑްރައިވިންގ ލައިސެންސް ޓްރެކް ސާފުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކޮންކްރީޓް މަސައްކަތްތައް ފަށަން ވަނީ ޝެޑިއުލް ކުރެވިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ހަނިމާދޫ ސްކޫލް ޕްލޭ ގްރައުންޑް ސާފު ކުރުމާއި، ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ހދ. ހަނިމާދޫ "ބެލެނިވެރިންގެ ހިޔާ" ގެ ރޫފިންގް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އަދި މޭޒާއި ބެންޗު ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މީގެއިތުރުން ހަނިމާދޫ ވޭސްޓް މެނޭޖްމަންޓް ސަަރަޙައްދު ސާފުކޮށް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީ އަކީ އެކުންފުނީގެ ޕްރޮޖެކްޓްތައް ހިންގާ ރަށްރަށުގައި މިފަދަ އިޖުތިމާއީ ޒިންމާގެ ޕްްރެޖެކްޓްތައް ހިންގާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.




