



%20(3).jpeg?w=3840&q=75)



WhatsApp-Image-2022-09-05-at-19.11.30-1024x682
'މޯލްޑިވްސް ހާފް މެރަތަން 2022' ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
މޫވް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އަންނަ ހުކުރު އަދި ހޮނިހިރުދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި މެރަތަންގެ ބައިވެރިންނަށް އުރީދޫ މޫލީ މެދުވެރިކޮށް ދުވާ ކިޓު ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދުވެ ނިމުމުން މެޑަލް ވެސް ޑެލިވަރީ ކޮށްދޭނީ މޫލީންނެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އޮންނަ އެ މެރަތަން އަކީ ކޮވިޑްގެ ބަލިމަޑުކަށް ފަހު ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ރޭހެވެ.
މި އަހަރުގެ މެރަތަންގައި 15 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ފަސް ކިލޯ މީޓަރުގެ ފަން ރަން އަކާއި އިންލައިން ސްކޭޓިން އާއި ފުރޮޅުލީގޮނޑީގެ ރޭހެއް އޮންނާނެ އެވެ. މިއީ އެހާ ގިނަ އިވެންޓްތައް އެއްކޮށްލައިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ރޭހެވެ.




%20(3).jpeg?w=3840&q=75)