








White Alert
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
ވައިޓް އެލާޓު ނެރެފައިވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 14:00 އަށެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ، ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.




