








ރެއާލް މެޑްރިޑާއި ރޭސިންގ ސަންޓެންޑާ ވާދަކުރި މެޗުގެ ތެރެއިން...
ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައިރޭންސިންގ ސަންޓެންޑާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެމު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ލީގުގަައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ބާސެލޯނާ އަތުން މޮޅުވެފައިވާއިރު، ރޭންސިންގ ސަންޓެންޑާ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އެސްޕަނިއޯލް ބަލިކޮށްފައެވެ
އެސްޓާޑިއޯ އެލް ސާޑިނޭރޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ފާހުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓިމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާނު ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަަނަ ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔާން ޑިއަމަންޑޭ އެވެ.
މެޗުގެ ދެވަނަ ހާފުގައި ރޭސިންގ އިން ކުޅުނު ރަނގަޅުކުރިއިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަަނަވަސްކޮށްފައެވެ. ނަަމަވެސް މެޗުގެ ކުޅުނު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 11 މެޗުން ރެއާލް މެޑްރިޑަށް 27 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި އެއްވަނައިގައި 30 ޕޮއިންޓާއެކު ބާސެލޯނާއަށް އޮތްއިރު، ދެވަނައިގައި 28 ޕޮއިންޓާއެކު މިވަގުތު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. އަދި މިމެޗުން ބަލިވި ބޭރުގައިރޭންސިންގ ސަންޓެންޑާ އިން ލީގުގައި ކުޅުނު 11 މެޗުން ހޯދި 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16ވަނައިގައެވެ.








