އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން- ފޮޓޯ: މިނިސްޓްރީ
ކ.ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި އެމްޓީސީސީއާ ދެމެދު މި އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއިލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަލްފާޟިލް މުހައްމަދު ޖަމްޝީދު އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު އަދި ނެރު ފުން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 420 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 17 މީޓަރު ބޮޑުހިލަ ސަބްމާޖްޑް ބޭރުތޮށި ޖެހުމާއި، 468 މީޓަރު މިހާރުގެ އެއްގަމު ތޮށި މަރާމާތުކުރުން އަދި 220mx4m ކޮންކްރީޓް ޖެޓީ އެޅުމަށްވަނީ ހަމަޖެހިފަ އެވެ.

6107011451726795177.jpg












