
.jpeg?w=3840&q=75)







mahey
މާލޭގެ ފުޓްސަލް ދަނޑުތައް ޔޫތު މިނިސްޓްރީގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، މާލޭގައި ފުޓްސެލް ކުޅުމަށްޓަކައި ދަނޑުތައް ހޯދުމަށް މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މާލޭގައި ހުރި ފުޓްސަލް ދަނޑުތައް ސަރުކާރަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވީ، ގިނަ ބަޔަކަށް ކުޅެލަން ޖާގަ ނުލިބުމާއި، ބޮޑު އަގުގައި ފައިސާ ދީގެން ކުޅެންދާން ޖެހުމަކީ މާލޭގައި ފުޓްސަލް ކުޅޭ މީހުންނަށް އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ވަރަށް ފުޅާކޮށް މަޝްވަރާކޮށް، ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މަހުލޫފް ވިދާޅުވިއެވެ. މިމަޝްވަރާތަކުން މިއަހަރު ނިމުމުގެ ކުރިން މިމައްސަލައަށް ދާއިމީ ހައްލެއް ލިބި މިނިސްޓްރީގެ ދަށަށް ހުރިހާ ދަނޑެއް ނަގައި އޮންލައިންކޮށް ރަޖިސްޓްރީކޮށްގެން ދަނޑުތައް ދޫކުރެވޭނެ އުސޫލެއް ގާއިމް ވެގެންދާނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
މާލޭގައި މިހާރު ހުރި ފުޓްސަލް ދަނޑުތަކުގެ ތެރެއިން އެކި އަވަށްތަކުގައި ހުރި ފުޓްސަލް ދަނޑުތައް ފިޔަވައި ދެންހުރި ދަނޑުތައް ބަލަހައްޓަމުންދަނީ ޔޫތު މިނިސްޓްރީއާއި އެފްއޭއެމުންނެވެ.

.jpeg?w=3840&q=75)


