

.jpeg?w=3840&q=75)





bjb-1
ދެކުނުގެ ތިން އަތޮޅު ވަކިވެގަތުމަށް ހިންގި ހަރަކާތަށް ނިމުމެއް ގެނެސްދިނީ އިނގިރޭސި ދައުލަތުންކަމަށް ރައްޖިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ރާނީ 2ވަނަ އަވަހާރަވުމާއި ގުޅިގެން މިއަދު މަޖިލީގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކަށް ދިން ތައުޒިޔާ ކިޔުމުގެ ފުރުސަތުގައި ރާނީގެ ހަނދާން އާކުރައްވަމުން މުހައްމަދު އަސްލަމް ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި ދެކުނުގެ ތިން އަތޮޅުގައި ވަކިވެގަތުމަށް ހިންގި ހަރަކާތަށް ނިމުމެއް ގެނެސްދިނީ އިނގިރޭސި ދައުލަތުން ކަމަށެވެ.
"ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގައި ދެކުނުގެ 3 އަތޮޅުގައި ހިނގަިއދިޔަ ވަކިވެގަތުމުގެ ހަރަކާތަށް ނިމުމެއް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ބާރުވެރިޔަކަށް އިނގިރޭސި ދައުލަތްވާކަން އަޅުގަނޑު ފާހަގަކުރަން." އަސްލަމް
އަސްލަމް އިތުރަށް ވިދާޅުވީ، އެ ބަޣާވާތަށް ނިމުމެއް އައުގެ ސަބަބުން އެއްދިދައެއްގެ ދަށުގައި އެއްބައިވަންތަކަމާއެކު އެކުއެކީގައި އުޅުމުގެ ޖާގަ ލިބިފައިވާތީ އިނގިރޭސި ދައުލަތަށް އަދި އިނގިރޭސި ރާނީއަށް ޝުކުރުވެރިވާން ޖެހޭ ކަމަށެވެ.
ނިމިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސީ ރާނީގެ އަވަހާރަވުމާއި ގުޅިގެން މިއަދުގެ މަޖްލިސް ޖަލްސާ ފެށުމުގެ ގޮތުން މަޖިލިސް ފެށީ އެކަމަނާގެ ހަނދާނުގައި ސުކޫތަކުންނެވެ.


.jpeg?w=3840&q=75)




