








e9ae23f03a2b4976be9765d1b12d0d0e
ޕީއެޗްޑީ ވެސް ހިމެނޭ ގޮތަށް މަތީ ތައުލީމަށް ކިޔަވަން ޗައިނާ އިން ލިބުނު ފަސް ސްކޮލަޝިޕް ފުރުސަތަކަށް ހަަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ހަަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޗައިނާގެ ޔުނާން ޕްރޮވިންޝަލް ސަރުކާރުގެ ފަރާތުން ރާއްޖެއަށް ލިބުނީ ޕީއެޗްޑީ އަށް ކިޔެވުމުގެ އެއް ފުރުސަތާއި ބެޗްލާސް ޑިގްރީގެ 2 ފުރުސަތުގެ އިތުރުން މާސްޓާސް ޑިގްރީ 2 ސްކޮލަޝިލް ކަމަށެވެ.
މި ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެގޮތުން https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ 3026941/3026966 މި ދެ ނަމްބަރުން ލިބޭނެ އެވެ.








