








big_xjZid1wKPOoSmFJREPKKg4OZT
ގައިދީންނާާއި އޮފިސަރުންނަށް ކ މާފުށީ ޖަލުގައި ފުޓްސަލް ދެ ދަނޑު ތަރައްގީ ކުރުމަށް ނިންމައިފި އެވެ.
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަަށްވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަ ޖެހޭ ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށާއި އެ ފުރުސަތު ތަނަވަސްކޮށް ދިނުމަަށް ވަސީލަތްތައް ތަރައްގީ ކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެ މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
މިއާއި އެކު ގައިދީން އަދި އޮފިސަރުންނަށް ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް އެ އިދާރާއަށް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
އެގޮތުން ތަރައްޤީކުރުމަށް ނިންމާފައިވަނީ ޤައިދީންނާއި އޮފިސަރުންނަށް ވަކި ދެ ދަނޑެވެ.




