








328008_3_0901b65c3b6d052d4f3df21502909701ffcd161d_large
އެމްޑީޕީ "ހިންގާލަން" ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. ފައްޔާޒު ވިދާޅުވީ އެ ބޭފުޅުން ނިކުމެ ތިއްބެވީ 2023 އަށް ރައީސް ސޯލިހް ދެވަނަ ދައުރަކަށް ގެނައުމަށް ކަމަށެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެންނެވީ ގައުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ކަމަށާއި އެ މަަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުން ގެންދަވާ ކަމަށެވެ.
ދިވެހި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިސްކުރީ މި ގައުމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމަށް. އެކަމަށް މަޖިލީސްތެރެއިން ހުރަސް އަޅަމުންދާކަން ދިވެހިރައްޔިތުންނަށް ފެންނާނެ. އެކަން އެހެން ވެގެން ދިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މިއަދު އެބަޖެހޭ މި ޕާޓީއާއެކު ކުރިއަށްދާން. މި ޕާޓީއެެއް ނުހިނގާ އިނގޭތޯ. ނުހިނގާ އިނގޭތޯ. ޕާޓީ ހިންގުމަށްޓަކައި އަޅުގަނޑު މިވަގުތުވެސް މި އެދެނީ މި ޕާޓީ ހިންގާލަން އަޅުގަނޑަށް ވޯޓް ދެއްވާށޭ، --- ފައްޔާޒް އިސްމާއިލް
ފައްޔާޒް މިހެން ވިދާޅުވިއިރު، ރޭގެ ބައްދަލުވުން ހޫނުވެ ގިނަ ބަހުގެ ހަމަލާތަކެއް އެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބަދަލުކޮށްފައިވެއެވެ. ގައުމީ މަޖިލީސް ފިނި ކުރައްވަން ދެއްކެވި ވާހަކަފުޅުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް އޭނާގެ ޓީމުން ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާ ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
އަޅުގަނޑުމެން މި ތިބީ ސަރުކާރާއެއްކޮށް ގަދަކޮށް. އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިޔިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިޔިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެނެއް ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއަކަށް އެއްޗެއް ކިޔާކަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމުން މި އައީ އެއްޗެއް ނުބުނެ މިކަން ކުރެވޭތޯ ---ފައްޔާޒް އިސްމާއިލް