







މުލީއާގެއާއި ހިލާލީގޭ ގެ ޗީފް އޮފް ސްޓާފް މަގާމުން ވަކިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު މުލީއާގޭގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމާއި ހިލާލީގޭ ޗީފް އޮފް ސްޓާފް މުޙައްމަދު ވަޙީދު އެ މަގާމުން ވަކިކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ވަޒީރުންގެ ފެންވަރުގައި މުލީއާގޭގައި މަސައްކަތް ކުރައްވަމުން ގެންދެވި އިގްބާލް އާއި ހިލާލީގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މުޙައްމަދު ވަޙީދު ވެސް ވަނީ މަގާމުން ވަކިކޮށްފައިވާކަން ބައެއް ނޫސްތަކުގައި ހާމަކޮށްފައިވީނަމަވެސް މަގާމުން ވަކިކުރެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ.
19 ނޮވެމްބަރު 2023ގައި މުލީއާގޭ ޗީފް އޮފް ސްޓާފްގެ މަގާމަށް ޢައްޔަންކުރެއްވި އިގްބާލް އަކީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެޖެވެ. އެގޮތުން އެމްޓީސީސީއާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމާއި ހއ. އަތޮޅުވެރިކަމާއި ހއ. ވަށަފަރުގެ ކަތީބުކަން ހިމެނެއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ) ގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައިވާއިރު، އޭނާ ވަނީ ހުޅުމާލެ ހިއްކުމުގެ މަޝްރޫޢު ހިނގި ދުވަސްވަރުހ އެޗްޑީސީގެ އިސް މަގާމެއް ވެސް ފުރުއްވާފައެވެ.




