

.jpeg?w=3840&q=75)





ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއީ ރަސްމާލޭން 500 ހެކްޓަރުގެ ބިން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެކެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހުށަހަޅާފައިވާ ފުށިދިއްގަރުފަޅުގައި ތަރައްގީކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ އާނމު ވޯޓެއް ނެގުމުގެ ގަރާރު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ އާންމު ކޮމިޓީއަށް ފޮނުވާފައިވާކަން ހާމަކުރައްވާފައެވެ.
އެ މައްސަލައިގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް އެމްޑީޕީ އިން ފުރަތަމަ ނިންމީ މިމަހުގެ އެއްވަނަ ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައެވެ. އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރެއްވި އެ ގަރާރު ގައުމީ މަޖިލީހުން ފާސްކުރީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުންނެވެ.
އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެކަންޏެވެ. އެހެންނަމަވެސް ނަޝީދުވެސް ފަހުން ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން، ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވަނީ، ރައްޔިތުންނަށް އެކަމުގެ ވާނުވާ އޮޅުންނުފިލާތީ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މި މަޝްރޫއު ކުރިއަށްގެންދާނަމަ، ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވެސް ފަހުން ވަނީ ސިފަކުރައްވާފައެވެ.


.jpeg?w=3840&q=75)





