
295586_3_aff0ecdecdc7cbbd5daf0faa7f822443277edcaa_large
އެންވައިރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣްނީ މިއަދު އައްޔަނުކޮށްފިއެވެ.
ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން މުޣުނީ މަސައްކަތްކުރީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ.
މުޣުނީއާއެކު، އެންވަޔަރްމެންޓް މިނިސްޓްރީގައި މިހާރު ހަ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ.
މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާޞިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)




