
hkj-1
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝައިހް މުޙައްމަދު އަނީލު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޢައްޔަންކުރައްވައިފި އެވެ.
އޭނާ ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލާސް ޑިގްރީގެ ސަނަދު ހާސިލުކުރައްވައިފަ އެވެ. އަދި އަނީލް އަކީ މިހާރު ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސާޓާސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަަޢުލީމު ހާސިލްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަނީލު ވަނީ 2017 ވަނަ އަހަރުން ފެށިގެން ހިތަދޫ އިސް އިމާމުގެ މަޤާމު އަދާކުރައްވައިފަ އެވެ.
އަނީލު އަކީ ހިތަދޫގައި ހިންގާ ހިރާ ސްކޫލްގެ ހިއްސާދާރެއްގެ އިތުރުން ނޫރުލް އިސްލާމް ޖަމިއްޔާގެ ވެސް އިސް ބޭފުޅެކެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)




