
CC12D037-25E6-4E85-8D5B-A29E54936E32
ގދ. ތިނަދޫ ސްޓޭޑިއަމްއާއި އިޖްތިމާއީ މަރުކަޒު ގުޅިގެން އެރަށުން ހޭންޑްބޯލް ޓީމެއް ނެގުމުގެ މަގްސަދުގައި ތަމްރީންދޭ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
މި މުބާރާތާ ގުޅިގެން”ގާފު” އަށް މައުލޫމާތު ދެމުން ތިނަދޫ ސްޓޭޑިއަމްގެ އޮފިޝަލް، އިބްރާހިމް ޝަފްރާދް ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމުގެ މަގްސަދަކީ ތިނަދޫއަށް ނިސްބަތްވާ ހޭންޑް ބޯލް ޓީމެއް ނެގުމެވެ. އަދި އެ ޕްރޮގްރާމަކީ ތިނަދޫ ސްޓޭޑިއަމާއި އިޖްތިމާއީ މަރުކަޒުން އިސްނަގައިގެނ ތިނަދޫ ޔޫތް އެގްޒެކެޓިވް މުހައްމަދު ވިފާގުގެ ބެލުމުގެ ދަށުން ފަށާ ޕްރޮގްރާމެއް ކަމަށްވެސް ޝަފްރާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރޮގްރާމުގެ ތެރެއިން ނެގޭ ޓީމް ހިންގާނީ ކޯޗެއްގެ ބެލުމުގެ ދަށުން ކަމަށެވެ. ހޭންޑްބޯލްގެ އިތުރުން، އެހެން ކުޅިވަރުތަކުންވެސް ޓީމްތައް ނަގައި ކޯޗުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަތް އޮތް ތަނުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހޭންޑްބޯލް ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް އެ ޕްރޮގްރާމުގައި 40 އަށްވުރެ ގިނަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމުގައި ނެގުމަށް ހަމަޖެހިފައިވާ ޓީމު އެކުލަވާލާނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ކުޅުންތެރިން ހިމަނައިގެންނެވެ. ނަމަވެސް ތަމްރީން ޕްރޮގްރާމުގައި ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ބައިވެރި ވެވޭނެއެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި، އެ ޕްރޮގްރާމުގެ ކޯޑިނޭޓަރު، ނައުފަލް ނަސީމް (7486545) އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ޝަފްރާދް ވިދާޅުވިއެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)









