








-
ރާއްޖޭގެ ސަގާފީ އަދި ޤައުމީ ކުޅިވަރެއް ކަމަށްވާ ބަށިބޯޅަ ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، ގދ. ހޯނޑެއްދޫ ކައުންސިލާއި ބަށި ބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބަށިބޯޅަ މުބާރާތްތަކުގެ އޮފިޝަލުން ތަމްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް އިޢުލާނުކޮށްފިއެވެ.
ހޯނޑެއްދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރ 11 އިން 12 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވަނީ ފޯމު ހުށަހަޅައި ނަންނޯޓްކުރާ ތަރުތީބުން ފުރަތަމަ 30 ބައިވެރިންނަށެވެ.
ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހޯނޑެއްދޫ ކައުންސިލްގެ ޚިދުމަތް ޕޯޓަލް (https://vaarugey.hoandedhdhoo.gov.mv/submit-service-request/service-12) މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ވަނީ އެދިފައެވެ.








