








bing
މައިކްރޯސްފްޓް ބިންގް ޓްރާންސްލޭޓަރ ބޭނުންކޮށްގެން ދިވެހިބަސް ތަރުޖަމާކޮށްލެވޭ ގޮތް ހަދައިފިއެވެ.
މައިކްރޯސޮފްޓް ބިންގް ޓްރާންސްލޭޓަރއިން ބަސް ތަރުޖަމާ ކުރަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނެވެ. މައިކްރޯސޮފްޓްގެ ބިންގް ބޭނުންކޮށްގެން ތަފާތު 100 ގައުމެއްގެ ބަސް މިހާރު ތަރުޖަމާކުރެވޭއިރު، ދިވެހި ބަސް ހިމަނާފައިވަނީ ދާދިފަހުންނެވެ.
މައިކްރޯސޮފްޓްގެ ތަރުޖަމާކުރާ ސޮފްޓްވެއަރ އަށް ދިވެހި ބަސް ހިމަނާފައިވަނީ 11 އޮކްޓޯބަރ އިން ފެށިގެނެ ކަމަށް މައިކްރޯސޮފްޓް އިން ބުނެއެވެ.
މިއީ މިގޮތަށް ދިވެހިބަސް ފަސޭހަކަމާއެކު ތަރުޖަމާކޮށްލެވޭ ފުރަތަމަ އެޕްލިކޭޝަން އެވެ.
މި އެޕްލިކޭޝަން މި ލިންކް މެދުވެރިކޮށް އަޖުމަ ބަލާލެވޭނެއެވެ.




