








188642_3a92b4c5-c_
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރ ސ.ހިތަދޫ، ކައުސަރު، ޢަބްދުﷲ ޞާދިޤު (ސޯބެ) އައްޔަންކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޞާދިޤަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައެވެ.
މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ސޯބެ ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.




