


.jpg?w=3840&q=75)





އާރްޓީއައި ގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯ އިން ހާމަކޮށްފައިވާ ގޮތުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މަޢުލޫމާތެއް މިފްކޯގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
މިފްކޯއަކީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިޢުކުރި ދައުލަތުގެ 6 ވަނަ ކުންފުނި ކަމަށާއި ދައުލަތުގެ ހުރިހާ އިދާރާތަކުގެ ތެރެއިން 44 ވަނަ އިދާރާ ކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
އައިކޮމްއިން ވެސް ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރަންޖެހޭ މިންވަރަށް މައުލޫމާތު އާންމުކުރި ދައުލަތުގެ ހަވަނަ ކުންފުންޏަކީ މިފްކޯ ކަމަށާއި މުޅި ރާއްޖޭގެ ދައުލަތުގެ ހުރިހާ އިދާރާތަކަށް ބަލާއިރު، މި ޝަރުތު ފުރިހަމަކުރި 44 ވަނަ އިދާރާކަން ފާހަގަކޮށްފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ފުރިހަމައަށް ހާމަކުރަން ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސަގާފަތެއް ގާއިމުކުރުމަށް އައިކޮމްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ މުއައްސަސާތަކަކުން މިހާރު އަންނަނީ ގާނޫނާ އެއްގޮތަށް މައުލޫމާތު ހާމަކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.



.jpg?w=3840&q=75)




