


.jpg?w=3840&q=75)





ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކެއްގެ ވީޑީއޯ އެއް ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ފުލުހުންނާއި ވީއައިއޭގެ މުވައްޒަފުންތަކެއް މުޒާހަރާކޮށް ފުލުހުންނާ ކުރިމަތިލަމުންދާ މަންޒަރުތަކެކެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެއީ އެމްއޭސީއެލް ގެ މުވައްޒަފުންނަށް ބޯނަސް ނުދޭތީ ކުރަމުންދާ މުޒާހަރާ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތަކެއް ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، އެ ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ކުންފުނީގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ މައުލުމާތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިއީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށެވެ. އަދި މިފަދަ ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން މައުލޫމާތުތައް ދައުރު ނުކުރުމަށް އެމްއޭސީއެލުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.



.jpg?w=3840&q=75)




