








ޕާކުކޮށްފައި އޮތް ކާރެއް އަނދައި ހުލިވެއްޖެއެވެ.
ފުލުހުން ބުނީ ރޯވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ކަމަށާއި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 02:15 އެހައިކަންހާއިރު ކަމަށެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، ދަންވަރު 02:26 ހާއިރު ކާރުގައި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާކަމަށް ބުނެއެވެ.
މި ހާދިސާގައި އަލިފާން ރޯވި ކާރު، އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އަލިފާނުގެ އަސަރުކޮށްގެން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




