







ގޯޑަން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ.. ފޮޓޯ: އޭޕީޕީ
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި އަޒަރުބައިޖާންގެ ސަބާ އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަންވިލާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސަބާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ނޯވޭގެ ވައިކިން އަތުން އެޓީމު ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.
އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
ބާސެލޯނާ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވެސް މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ގޯޑަން އެވެ. އަދި އޭގެ ދެމިނެޓް ފަހުން ކަރީމް އަޑެއެއިމީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖިސޫސް އެވެ.
ނަމަވެސް އޭގެ ތިން މިނެޓް ފަހުން ސަބާގެ ރުވާންޑާ ފޯވާޑް ޖޯއި ލާންސް މިކެލްސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތިޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ބާސެލޯނާ ތާވަލުގެ ހަތަރު ވަނައިގައި މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ސަބާ އެފްސީ އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 32 ވަނައިގައެވެ.
ސަބާ އިން ނަތިޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ








