





.jpg?w=3840&q=75)
.jpg?w=3840&q=75)
ޝަހީދު އަލީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު- ފޮޓޯ: ގާފު
މަތީ ތައުލީމުގެ ތަރައްގީއަށް 2.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ.
މިހާރުވެސް ލޯނު ނުވަތަ ސްކޮލަޝިޕުގެ ގޮތުގައި 1100 ކުދިން އެކި ގައުމުތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިސަރުކާރުން އެއްވެސް ކުއްޖަކު ބާކީނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ދޭ ލޯނަށް އެދޭ ކޮންމެ ކުއްޖަކަށްވެސް ޝަރުތު ހަމަވާނަމަ މިދިޔަ ތިން އަހަރު ލޯނު ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އޯލެވެލްއިން އޭލެވެލްއަށް ދާ ކުދިންގެ އަދަދަކީ، އެންމެ 37 އިންސައްތަކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް މިދިޔަ 3 އަހަރު އެ އަދަދު 46 އިންސައްތައަށް އިތުރު ކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ވޮކޭޝަނަލް ތައުލީމުގެ ދާއިރާއަށް އިޝާރާތްކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކުން އަމަލީ ސިފަ ގެނެސްފައިނުވާ ވޮކޭޝަނަލް ސުކޫލެއް އުފައްދަވާފައިވަނީ، މި ސަރުކާރުން ކަމަށެވެ. އަދި މިވޮކޭޝަނަލް ސުކޫލުގައި އެކި ކަހަލަ ދާއިރާތަކުން މަސައްކަތްތެރި ޒުވާނުން ތައުލީމު ހާސިލުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރަށްރަށުން ދަރިވަރުން މާލެ އަންނަނީ، މަތީ ތައުލީމުގެ ފުރުސަތު ނެތީމަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މަތީ ތައުލީމުގެ ކެމްޕަސްތަކާއި އިތުރު ތަންތަން ގާއިމުކުރުމަށް 21 ރަށެއްގައި އަލަށް ފަށާފައިވާ މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ. އަދި 13 ވަރަކަށް މަޝްރޫއުގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ތައުލީމަށް ދޭ އިސްކަން ހާމަވެގެންދަނީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސުކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންގޮސް، މިހާރު ވަނީ މިތަންތަން ބޭނުންކުރަން ފަށާފައެވެ. އޭގެ ތެރޭގައި ސުކޫލުތަކުގެ މަލްޓި ޕާޕަސް ހޯލުތަކާއި، އޭސީކޮށްފައިވާ ކުލާސް ރޫމުތަކާއި، ލެބޯޓްރީތައް ހިމެނެއެވެ.







