


.jpg?w=3840&q=75)
.png?w=3840&q=75)



ފައިލް ފޮޓޯ
560 ގްރާމުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
މިއީ ބަންގްލަދޭޝްއިން ރާއްޖެއައި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެން ފަސެންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެމީހާގެ ލަގެޖު ބަލާފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި ކަމަށް ވެސް ބުނެއެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުން ކަމަށެވެ.
މިމަހުގެ 8ވަނަ ދުވަހުވެސް ކަސްޓަމްސްއިން ވަނީ، ވައިގެ މަގުން ރާއްޖެ ތެރެކުރަމުން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މެލޭޝިއާއިން ރާއްޖެއާއި ދިވެހި ފިރިހެން މީހާގެ ލަގެޖުން 3.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.



.jpg?w=3840&q=75)
.png?w=3840&q=75)



