.jpg?w=3840&q=75)
.png?w=3840&q=75)





.jpg?w=3840&q=75)
ރައްޔިތުންގެ މަޖިލިސް- ފޮޓޯ: މަޖިލިސް
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރަމުންދާ މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ ޑިސެމްބަރު މަހުގެ 2 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހިޔާލު ހުށަހެޅުމަށް ވަނީ ފުރުސަތު ދީފައެވެ.
މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ބޮޑެތި ބިލުތަކުގައި ވެސް އާންމުންގެ ޚިޔާލު ހޯދުމަށް ދެނީ ހަފުތާއެއްގެ މުއްދަތު ކަމަށެވެ. އެކަމަކު، މި ބިލަށް އާންމުންގެ ގިނަ ޚިޔާލުތަކެއް ބޭނުންވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ހުޅުވާލެވޭ ތަނެއް ނަމަވެސް، އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ތަންތަން ހިންގުމަށް ވަނީ ޝަރުތުކޮށްފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން އެ ޒޯނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރު މަސް މަނާވާނެއެވެ. އަދި ރަސްމާލޭން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ރާއްޖޭގެ ގާނޫނު ހިނގާނެ ކަމަށްވެސް އެ ބިލުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައެވެ.
.jpg?w=3840&q=75)
.png?w=3840&q=75)

