


.jpg?w=3840&q=75)
.png?w=3840&q=75)



ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި، ކަރާމާތާއި، މިނިވަންކަމާއެކު ބަސްބުނުމުގެ ހައްޤު ޔަޤީންކޮށްދީ، ކޮންމެ މީހެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކުރެވި، ވެރިކަމުގައި ރައްޔިތުންނަށް ބައިވެރިވެވޭ ވެރިކަމުގެ ނިޒާމެއްކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ހީނާ ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ، ވެރިކަން ހިންގުމުގައި ސީދާގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވެވުންކަމަށެވެ. އަދި ތާރީޚު އަންގައިދެނީ ދިވެހީންނަކީ ގަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ މަތީގާ ތިބި ބަޔެއްކަމަށެވެ.
މީގެއިތުރުން ދިވެހި ދައުލަތުގެ ދޮށިކަން އަންގައިދެނީވެސް މީގެ އެއްހާސް ފަސްސަތޭކަ އަހަރަށްވުރެ ކުރީއްސުރެ ދިވެހި ވެރިކަމުގެ ޚަބަރުތައް ފެންނަން ހުރުމުންކަމަށާއި ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެއަށް ތާރީޚުގެ ވަރަށް ފަހުގެ ޒަމާނެއްގާ ތަޢާރަފްވި ފިކުރެއްނަމަވެސް ދިވެހީންގެ ތެރޭގާ އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައި އޮތް ވެރިކަމެއްކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިއީ ގައުމެއްގެ ގޮތުން ދިވެހިންނަށް ލިބިފައިވާ ފަޚުރެއް އަދި ޝަރަފެއްކަމަށެވެ. ޖަމާއަތެއްގެ ތެރޭގައިވާ ވަކިވަކި ފަރުދުން އެ ޖަމާއަތަށްޓަކާ ކޮށްދެއްވި ކަންކަމުގެ އަގުވަޒަންކުރުމަކީ ޖަމާއަތުގެ ލާބަޔާ ކުރިއެރުމަށްޓަކައި މުހިންމުކަމެއްކަމަށެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ޖަލްސާގައި ދައުލަތައް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ވަނީ އިނާމު ދެއްވާފައެވެ.



.jpg?w=3840&q=75)
.png?w=3840&q=75)


.jpeg?w=3840&q=75)
