




.jpeg?w=3840&q=75)



ސަރުކާރުން ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތް ކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޢަދާލަތު ޕާޓީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ޕީއެންސީ ސެކްރެޓޭއޭޓުން ބުނީ މިއީ ސަރުކާރުން ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތްކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028 ގައި ތާއީދުކުރުމަށް، ރަސްމީކޮށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި ޢަދާލަތު ޕާޓީގެ މެދުގައި އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބާރސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަަހީމް ޢަބްދުاللهއެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާންއެވެ. މި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ.
އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ކުުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީ އާއެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމަފައިވާކަން މީގެކުރުން ވަނީ ހާމަކޮށްފައެވެ.
ޢަދާލަތު ޕާޓީން ކުރިން ބުނެފައިވަނީ ޕާޓީގެ މަޝްވަރާ މަޖިލީހުން މިގޮތަށް ނިންމީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެ ޕާޓީއަށް ރަސްމީކޮށް އެރުވި ދަޢުވަތަކާ ގުޅިގެން ކަމަށެވެ. އަދި އެ ދަޢުވަތުގައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރުމުގެ އިތުރުން އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސިޔާސީ އެއްބާރުލުން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އިސްލާމީ ޢަޤީދާގެ މަތީގައި ޤައުމު ތަރައްޤީކުރުމަކީ ޢަދާލަތު ޕާޓީގެ އަސާސީ މަޤްޞަދު ކަމަށްވާތީ، ޤައުމުގެ ސިޔާސީ ހަމަޖެހުމާއި އެއްބައިވަންތަކަމަށްޓަކައި މި ވަގުތު ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގެ ދަށުން ފާސްކުރި މި ޤަރާރުގައި ހިމެނޭ މައިގަނޑު ނިންމުންތަކަކީ:
މި ނިންމުމާ ގުޅިގެން، ދެ ޕާޓީގެ ދެމެދުގައި ވެވޭ ކޯލިޝަން އެއްބަސްވުމުގެ ޝަރުޠުތައް އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.







