








ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް 3 އަހަރު ފުރޭތީ ހާއްސަ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ރޭ 20:00 ގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެހެންނަމަވެސް މިކަން ރަސްމީކޮށް ހާމަކޮށްފައެއް އަދިނުވެއެވެ. ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގައި ވެސް މިފަދަ ޖަލްސާތައް ބާއްވާފައިވާތީ ވޭތުވެދިޔަ ތިން އަހަރުގައި ހޯދިފައިވާ ކާމިޔާބީތަކާއި ކުރިއަށް ރާވާފައިވާ މަސައްކަތްތައް މި ޖަލްސާގައި އިއުލާނުކުރާނެ ކަމަށް ވަރަށްބޮޑަށް ލަފާކުރެވެއެވެ.
ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައެވެ.








