
.jpg?w=3840&q=75)


.jpg?w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ޓްރެފިކްކޮށް ސްމަގުލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ނަޒްމުލް ޙައްޤު އެވެ.
ކޯޓު އަމުރުގައިވާގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްސަލަ ހުށަހަޅާ ފޯމާއި ކޮންޓްރޯލް ޑެލިވަރީ ހިންގުުމުގެ ހުއްދައާއި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާނުގެ އިތުރުން އޭނާގެ ކުޑަކަަމުދާތަކެތީގެ ވަގުތީ ނަތީޖާ ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭނާ އެ ތުހުމަތަށް އިންކާރުކޮށްފައިވާ ކަަމަށް ކޯޓު އަމުރުގައިވެ އެވެ.
މަސްތުވާތަކެތީގެ މިފަދަ މައްސަލަތައް މިހާރު ރާއްޖޭގައި އާންމުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި ކަސްޓަމްސް ސާވިސްއިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

.jpg?w=3840&q=75)

.jpg?w=3840&q=75)
.jpg?w=3840&q=75)
